
އަޙްމަދު ތަސްމީނު ޢަލީގެ ގާބިލްކަމުން ހާމަވެގެންދަނީ އެމަނިކުފާނުގެ ޓީމުގެ ވަރުގަދަކަން ކަމަށާއި އަދި ޑީއާރްޕީގެ ޓީމަކީ ބަލިކޮށްލެވޭނެ ޓީމެއް ނޫންކަންކަމުގައި ޒަޢީމް ވިދާޅުވިއެވެ. އެމަނިކުފާނުގެ ޓީމުގެ އެންމެ މުހިއްމު އެއްބޭފުޅަކީ އަޙްމަދު ތަސްމީނު ޢަލީ ކަމަށާއި ތަސްމީނަކީ ވަރަށް މޮޅު ބޭފުޅެއްކަމުގައިވެސް ޒަޢީމް ވިދާޅުވިއެވެ. ޒަޢީމް މިހެން ވިދާޅުވީ ކެންޕޭން ދަތުރުފުޅުގައި ޅ. ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޑީއާރްޕީގެ ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީއަށް އިޝާރާތް ކުރައްވަމުން ޒަޢީމް ވިދާޅުވީ ތަސްމީނަކީ ވަރަށް މޮޅު ވަރަށް ގާބިލް ބޭފުޅެއްކަމުގައެވެ. ޒަޢީމް ވިދާޅުވީ ތަސްމީނުގެ ވާހަކަފުޅުން އެމަނިކުފާނުގެ ޤާބިލްކަމާއި މޮޅުފުޅުކަން ނައިފަރުގެ ރައްޔިތުންނަށްވެސް ވާނީ ސާބިތުވެގެން ގޮސްފައިކަމުގައެވެ.
ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން ޢަބްދުލް ޤައްޔޫމަށާއި އެމަނިކުފާނުގެ ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީއަށް ޅ. ނައިފަރުގެ ރައްޔިތުން، މިހާތަނަށް އެއްވެސް ބަޔަކަށް ކިޔާފައި ނުވާފަދަ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޒައީމް މައުމޫނާއު އެމަނިކުފާނުގެ ރަނިންމޭޓް އަދި މައުމޫން 2008 ގެ ކެންޕޭން ޓީމް ޅ. ނައިފަރަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށާއި ކެންޕޭން ޓީމަށް މަރުހަބާ ދެންނެވުމަށްޓަކައި އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިއްބެވެ.
ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަށާއި ރަނިންމޭޓަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ނައިފަރުގެ ރައްޔިތުން އެއްވެ ތިބިއިރު އެމަނިކުފާނަށް ތައުރީފުކޮށް ލިޔެފައިވާ ގިނަ ޢަދަދެއްގެ ބެނާތަކާއި ފުއްޕާހަންތައް ހިފައިގެން އެއްވެ ތިބިކަން ފާހަގަ ކުރެވެއެވެ.
ނައިފަރުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީ އަދި މައުމޫން 2008 ގެ ކެންޕޭން ޓީމް ނައިފަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ވިދާޅުވީ ވަރަށް ހޫނު މަރުޙަބާއެއްކަމަށާއި އެރަށުން އެމަނިކުފާނަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަން ހާމަވެގެން ހިނގައްޖެކަމުގައެވެ.
ނައިފަރުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީ އަދި މައުމޫން 2008 ގެ ކެންޕޭން ޓީމް ނައިފަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ވިދާޅުވީ ވަރަށް ހޫނު މަރުޙަބާއެއްކަމަށާއި އެރަށުން އެމަނިކުފާނަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަން ހާމަވެގެން ހިނގައްޖެކަމުގައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒަޢީމް ވިދާޅުވީ ނައިފަރަކީ ވަރަށް ހީވާގި ވަރަށް މަސައްކަތްތެރި އަދި ވަރަށް ތައުލީމީ ދަރީންތަކެއް އުޅެމުންދާ ރަށެއްކަމުގައެވެ. ނައިފަރަކީ ވަރަށް ގިނަ މަޝްހޫރު ޢިލްމުވެރިންނާއި ހިކްމަތްތެރިން އުފައްދާފައިވާ ރަށެއްކަމުގައި ވިދާޅުވަމުން ޒަޢީމް ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޒުއް ޝައިޚް އަބްދުﷲ ޖަލާލުއްދީނާއި، އަލްފާޟިލް ޢަބްދުލް ޙަކީމް ކާންނާކަލޭފާނާއި ފަޟީލަތުލް އުސްތާޒުއް ޝައިޚް މޫސާ ފަތުޙީއާއި، އަލްފާޟިލް އިސްމާޢީލް ފަތުހީއާއި، ޑރ. ޢަބްދުﷲ ފަދަ ބޭފުޅުންނަކީ އެގޮތުން އުފެދިގެން ގޮސްފައިވާ ފާހަގަކޮށްލެވޭފަދަ ބައެއް ޢިލްމުވެރިންކަމުގައެވެ. އަދި ސަރުކާރުގެ ސީނިއަރ މިނިސްޓަރ އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ވަރަށް ދިގު މުއްދަތަކަށް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އެމަނިކުފާނުގެ ބޭފުޅުންނަކީވެސް ނައިފަރުގެ ރައްޔިތުންކަމުގައި ވިދާޅުވިއެވެ.
ނައިފަރަކީ ތަޢުލީމީ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން އެނގޭ އަނެއްބޮޑު ހަގީގަތަކީ ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދެއްވުގެ އާއްމު ޚިދުމަތުގެ އިނާމު ނައިފަރުގެ 27 ފަރާތަކުން ޙާސިލްކުރައްވާފައި ވާކަންކަމުގައި ޒަޢީމް ވިދާޅުވިއެވެ.
ނައިފަރަކީ ތަޢުލީމީ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން އެނގޭ އަނެއްބޮޑު ހަގީގަތަކީ ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދެއްވުގެ އާއްމު ޚިދުމަތުގެ އިނާމު ނައިފަރުގެ 27 ފަރާތަކުން ޙާސިލްކުރައްވާފައި ވާކަންކަމުގައި ޒަޢީމް ވިދާޅުވިއެވެ.
ޒަޢީމް ވިދާޅުވީ އަޅުގަނޑުމެން ވަރަށް ވިސްނަންޖެހޭ ވަރަށްބޮޑު މައްސަލަތަކަކާ އެބަ ކުރިމަތިވޭކަމުގައެވެ. ރާއްޖެ މިހާރު މިހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އެބަ އުފެދޭކަމަށާއި އެހެން ދިމާވާ ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކުރިއެރުމުގެ ސޯބު ފަހަތަށް އަނބުރަން ބޭނުންވެފައިވާ ބައެއްކަމަށް ވުން ކަމުގައި ވިދާޅުވިއެވެ. މިހާރު އަޅުގަނޑުމެން މިތިބީ އެކާވީސްވަނަ ގަރުނުގައި ކަމަށާއި އެކަމަކު އެފަދަ މީހުން ބޭނުންވަނީ އަޅުގަނޑުމެން އެތައް ސަތޭކަ އަހަރުތަކެއް ފަހަތަށް ޖައްސަން ކަމުގައި ވިދާޅުވިއެވެ.
ވޭތުވެދިޔަ ތާނގައި ހޯދާފައިވާ ސިޔާސީ ކާމިޔާބީތަކުގެ މައްޗަށް އަލި އަޅުއްވައި ލައްވަމުން ޒަޢީމް ވިދާޅުވީ މިހާރު ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އުފެދިފައިވާކަމަށާއި އިންސާނީ ޙައްގުތައް ޙިމާޔަތް ކުރެވޭކަމަށާއި އަދި މިޑިއާގެ މިނިވަންކަން ލިބިފައިވާކަމަށާއި އަދި މީގެއިތުރުން ރައްޔިތުންގެ އަސާސީ ޙައްގުތައް ފުޅާކުރުންފަދަ ބޮޑަތި ކާމިޔާބީތަކެއް ހޯދިފައިވާކަމުގައެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ހިތާމަޔަކީ މިފަދަ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާއިރުވެސް އެކުރިއެރުންތަކަށް ހުރަސްއެޅުމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން މިފަދަ ކުރިއެރުންތަކަށްވެސް ހުރަސް އަޅާ އެކަންތައްތައް ނައްތާލުމަށް އެބަ މަސައްކަތް ކުރަމުންދާކަމުގައެވެ.މީގެ އަނެެއްކޮޅުގައި މިކަހަލަ އެހެން ބަޔަކުވެސް އެބައުޅޭކަމަށް ވިދާޅުވަމުން ޒަޢީމް ވިދާޅުވީ އެމީހުން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް މިއަންނަ ކުރިއެރުމާއި އިސްލާޙާއި ތަރައްގީގެ ބޭނުން ނުބައިގޮތުގައި ހިފަންކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އިސްލާމީ އުސޫލުތަކާއި އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަކޮށްދެއްވާފައިވާ ރީތި އާދަކާދަތައް މުޅިން އުވާލައި ބޭރުގެ އެހެން ދީންތަކުގެ ނުފޫޒުތައް ރާއްޖެއަށް ގެންނަންކަމުގައި ވިދާޅުވިއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި ވަރަށް ބޮޑަށް ވިސްނަންޖެހޭކަމެއް ކަމުގައި ޒަޢީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ރާއްޖެއަކީ ފެށުނީއްސުރެންވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށާއި އަދި އަޅުގަނޑުމެން ބޭނުންވަނީވެސް އިސްލާމްދީން މަތީ ފައިތިލަ ސާބިތުކޮށްގެން ސާބިތުކަންމަތީ ތިބުމަށްކަމަށާއި އިސްލާމްދީނަށާއި އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތަކަށް ބުރޫއަރުވާ ބަޔަކު ޤައުމުގެ ވެރިކަމަށް ގެންނަން އަޅުގަނޑުމެން ބޭނުން ނުވާކަމުގައި ޒަޢީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ރާއްޖެއަކީ ފެށުނީއްސުރެންވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށާއި އަދި އަޅުގަނޑުމެން ބޭނުންވަނީވެސް އިސްލާމްދީން މަތީ ފައިތިލަ ސާބިތުކޮށްގެން ސާބިތުކަންމަތީ ތިބުމަށްކަމަށާއި އިސްލާމްދީނަށާއި އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތަކަށް ބުރޫއަރުވާ ބަޔަކު ޤައުމުގެ ވެރިކަމަށް ގެންނަން އަޅުގަނޑުމެން ބޭނުން ނުވާކަމުގައި ޒަޢީމް ވިދާޅުވިއެވެ.
“ މީގެ އަނެއްކޮޅުގައި ތިބީ ހަމަ އެކަހަލަ އަނެއް ބައެއް. އެބައިމީހުން ބޭނުންވަނީ ރާއްޖެއަށް މިއަންނަ ކުރިއެރުމާއި ތަރައްގީތަކާއި އިސްލާޙްގެ ބޭނުން ނުބައިގޮތުގައި ހިފަން. ރާއްޖޭގެ އިސްލާމީ އުސޫލުތަކާއި އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ވާރުތަކޮށްދީފައިވާ ރީތި އާދަކާދަތައް މުޅިން އުވާލައި ބޭރުގެ އެހެން ދީންތަކުގެ ނުފޫޒުތައް ރާއްޖެއަށް ގެންނަން. މީވެސް ވަރަށް ނުރައްކާތެރިކަމެއް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ވިސްނަން. އަޅުގަނޑުމެން ބޭނުންވަނީ އެތައް ސަތޭކަ އަހަރެއް ފަހަތަށް ދާންތޯ. ނުވަތަ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިސްލާމީ އުސޫލުތައް އުވާލައި އެހެން ގޮތަކަށް ބަދަލުވާންތޯ. އެއިން އެއްވެސް ގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިންގެ ގޮތުގައި ސާބިތުކަމާއެކީ ތިބެން. އަދި އަޅުގަނޑުމެންގެ ރާއްޖެ ހަލުވިކަމާއެކު ތަރައްގީގެ މަގުގައި އިސްލާޙީ ކުރިއެރުންތަކެއް ހޯދަން. އެހެންވީމާ އަޅުގަނޑުމެން އެބަ ހޯދަންޖެހޭ މިހާރު ރަނގަޅަށް ވިސްނާފައި ކޮންބައެއްތޯ ވެރިކަމަށް ގެންނާނީ ރަނގަޅަށް އިޚްތިޔާރުކުރަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ރާއްޖެ ފަހަތަށް ގެންދާނޭ ބަޔަކު ވެރިކަމަށް ގެންނާކަށް. އަޅުގަނޑުމެން ބޭނުމެއްނޫން އަޅުގަނޑުމެންގެ އިސްލާމީ އުސޫލުތަކާއި އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތައް އުވާލާ ބަޔަކު ވެރިކަމަށް ގެންނާކަށް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ މިހާރު މިއޮތް ގޮތުގައި ސާބިތުކަމާއެކީ އިތުރު އުސްމިންތަކަކަށް ގެންދާނެ ބައެއް. އެބަޔަކު ތިޔަބޭފުޅުން އިޚްތިޔާރު ކުރައްވާ” ޒަޢީމް ވިދާޅުވިއެވެ.
No comments:
Post a Comment