ޓީ.ވީ. މޯލްޑިވްސިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިޔާސީ ބައެއް ކެންޑިޑޭޓުން މައުމޫނަށް ބަހުސަށް ދަޢުވަތުދީ އެވާހަކަ ތަކުރާރުކުރަމުން ގެންދަނީ މައުމޫނާ އެއްސްޓޭޖަށް ކުޑައިރުކޮޅަކަށްނަމަވެސް އަރާހިތުން ކަމަށާއި މިކަމުގެ މަޤްޞަދަކީ ވަގުތީ ގޮތުންނަމަވެސް އެބައިމީހުންގެ ކެމްޕެއިންނުގެ ހައިބަތާ ކެންޑިޑޭޓުގެ ޤަދަރު އުފުލުން ކަމުގައި މައުމޫން 2008 ގެ މީޑިއާއޮފީހުން ބުނެފި.
ބަޔަކު ބަހުސަކަށް ގޮވާލާ ކޮންމެފަހަރަކު، މައުމޫނު ފަދަ ދިވެހިންގެ ތެރޭގައި ޤަދަރާއި ހައިބަތު ލިބިވަޑައިގަންނަވާފައިވާ ފަރާތެއް، އެފަދަ ކޮންމެ ގޮވާލުމަށް ކަންބޮޑުވެގެން އުޅުއްވަން ޖެހިވަޑައިނުގަންނަވާ ކަމުގައިވެސް މީޑިއާއޮފީހުން މިއަދު ބުނެފައިވެއެވެ.
އެހެން ރޭޑިއޯ އާއި ޓީވީ ސްޓޭޝަންތަކުން ވެސް ދަޢުވަތު ލިބޭ ކަމަށާއި މިހާރުވެސް ދިއެފް އެމް ގެ ‘ރިޔާސީ ރޭސް’ މި ޕްރޮގްރާމަށް އިންޓަރވިޔުއެއް ދެއްވާފައިވާ ކަމަށާއި، ނަމަވެސް، މިކަމުގައި މިއުޅޭ އެހެން ކެންޑިޑޭޓުން މުޅި ދުވަސް މިކަމަށް ހުސްކުރެއްވިކަމުގައި ވިޔަސް، މިކެމްޕެއިނުގެ ކެންޑިޑޭޓުގެ ވަގުތު އެހާ ތަނަވަސް ނޫންކަމަށާއި، ވަގުތާއި ޖާގަ ތަންދިން މިންވަރަކުން މީޑިއާގެ އެހެން އިދާރާތަކުން ދެމުން ގެންދާ ދަޢުވަތުތައް ޤަބޫލުކުރުމާމެދުވެސް ވިސްނާނެކަމުގައި މީޑިއާ އޮފީހުން ބުނެފައިވެއެވެ.
No comments:
Post a Comment