Saturday, September 13, 2008

އަޙްމަދު ތަސްމީނު ޢަލީގެ ގާބިލްކަމުން ހާމަވެގެންދަނީ އެމަނިކުފާނުގެ ޓީމުގެ ވަރުގަދަކަން ކަމަށާއި އަދި އެމަނިކުފާނުގެ ޓީމަކީ ބަލިކޮށްލެވޭނެ ޓީމެއް ނޫން


އަޙްމަދު ތަސްމީނު ޢަލީގެ ގާބިލްކަމުން ހާމަވެގެންދަނީ އެމަނިކުފާނުގެ ޓީމުގެ ވަރުގަދަކަން ކަމަށާއި އަދި ޑީއާރްޕީގެ ޓީމަކީ ބަލިކޮށްލެވޭނެ ޓީމެއް ނޫންކަންކަމުގައި ޒަޢީމް ވިދާޅުވިއެވެ. އެމަނިކުފާނުގެ ޓީމުގެ އެންމެ މުހިއްމު އެއްބޭފުޅަކީ އަޙްމަދު ތަސްމީނު ޢަލީ ކަމަށާއި ތަސްމީނަކީ ވަރަށް މޮޅު ބޭފުޅެއްކަމުގައިވެސް ޒަޢީމް ވިދާޅުވިއެވެ. ޒަޢީމް މިހެން ވިދާޅުވީ ކެންޕޭން ދަތުރުފުޅުގައި ޅ. ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ޑީއާރްޕީގެ ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީއަށް އިޝާރާތް ކުރައްވަމުން ޒަޢީމް ވިދާޅުވީ ތަސްމީނަކީ ވަރަށް މޮޅު ވަރަށް ގާބިލް ބޭފުޅެއްކަމުގައެވެ. ޒަޢީމް ވިދާޅުވީ ތަސްމީނުގެ ވާހަކަފުޅުން އެމަނިކުފާނުގެ ޤާބިލްކަމާއި މޮޅުފުޅުކަން ނައިފަރުގެ ރައްޔިތުންނަށްވެސް ވާނީ ސާބިތުވެގެން ގޮސްފައިކަމުގައެވެ.
ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން ޢަބްދުލް ޤައްޔޫމަށާއި އެމަނިކުފާނުގެ ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީއަށް ޅ. ނައިފަރުގެ ރައްޔިތުން، މިހާތަނަށް އެއްވެސް ބަޔަކަށް ކިޔާފައި ނުވާފަދަ ހޫނު މަރުހަބާއެއް ކިޔައިފިއެވެ. ޒައީމް މައުމޫނާއު އެމަނިކުފާނުގެ ރަނިންމޭޓް އަދި މައުމޫން 2008 ގެ ކެންޕޭން ޓީމް ޅ. ނައިފަރަށް ވަޑައިގެންނެވިއިރު އެމަނިކުފާނަށާއި ކެންޕޭން ޓީމަށް މަރުހަބާ ދެންނެވުމަށްޓަކައި އެރަށުގެ ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު އެއްވެ ތިއްބެވެ.
ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓަށާއި ރަނިންމޭޓަށް މަރުޙަބާ ދެންނެވުމުގެ ގޮތުން ނައިފަރުގެ ރައްޔިތުން އެއްވެ ތިބިއިރު އެމަނިކުފާނަށް ތައުރީފުކޮށް ލިޔެފައިވާ ގިނަ ޢަދަދެއްގެ ބެނާތަކާއި ފުއްޕާހަންތައް ހިފައިގެން އެއްވެ ތިބިކަން ފާހަގަ ކުރެވެއެވެ.
ނައިފަރުގެ ރައްޔިތުންނާއި މުޚާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޑީއާރްޕީގެ ރިޔާސީ ކެންޑިޑޭޓް މައުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވީ އެމަނިކުފާނާއި އެމަނިކުފާނުގެ ރަނިންމޭޓް އަޙްމަދު ތަސްމީނު ޢަލީ އަދި މައުމޫން 2008 ގެ ކެންޕޭން ޓީމް ނައިފަރަށް ވަޑައިގެންނެވުމުން އެރަށުގެ ރައްޔިތުން އެމަނިކުފާނަށާއި އެމަނިކުފާނުގެ ޓީމަށް ވިދާޅުވީ ވަރަށް ހޫނު މަރުޙަބާއެއްކަމަށާއި އެރަށުން އެމަނިކުފާނަށް ވަރަށްބޮޑު ތަރުހީބެއް ލިބިފައިވާކަން ހާމަވެގެން ހިނގައްޖެކަމުގައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ޒަޢީމް ވިދާޅުވީ ނައިފަރަކީ ވަރަށް ހީވާގި ވަރަށް މަސައްކަތްތެރި އަދި ވަރަށް ތައުލީމީ ދަރީންތަކެއް އުޅެމުންދާ ރަށެއްކަމުގައެވެ. ނައިފަރަކީ ވަރަށް ގިނަ މަޝްހޫރު ޢިލްމުވެރިންނާއި ހިކްމަތްތެރިން އުފައްދާފައިވާ ރަށެއްކަމުގައި ވިދާޅުވަމުން ޒަޢީމް ވިދާޅުވީ ކުރީގެ އުއްތަމަ ފަނޑިޔާރު ފަޟީލަތުލް އުސްތާޒުއް ޝައިޚް އަބްދުﷲ ޖަލާލުއްދީނާއި، އަލްފާޟިލް ޢަބްދުލް ޙަކީމް ކާންނާކަލޭފާނާއި ފަޟީލަތުލް އުސްތާޒުއް ޝައިޚް މޫސާ ފަތުޙީއާއި، އަލްފާޟިލް އިސްމާޢީލް ފަތުހީއާއި، ޑރ. ޢަބްދުﷲ ފަދަ ބޭފުޅުންނަކީ އެގޮތުން އުފެދިގެން ގޮސްފައިވާ ފާހަގަކޮށްލެވޭފަދަ ބައެއް ޢިލްމުވެރިންކަމުގައެވެ. އަދި ސަރުކާރުގެ ސީނިއަރ މިނިސްޓަރ އަދި ޅ. އަތޮޅުގެ އަތޮޅުވެރިކަން ވަރަށް ދިގު މުއްދަތަކަށް ކުރައްވާފައިވާ ބޭފުޅެއް ކަމުގައިވާ އަލްއުސްތާޛު ޢަބްދުﷲ ޙަމީދާއި އެމަނިކުފާނުގެ ބޭފުޅުންނަކީވެސް ނައިފަރުގެ ރައްޔިތުންކަމުގައި ވިދާޅުވިއެވެ.
ނައިފަރަކީ ތަޢުލީމީ ރައްޔިތަކު ދިރިއުޅޭ ރަށެއްކަން އެނގޭ އަނެއްބޮޑު ހަގީގަތަކީ ދިވެހި ދަޢުލަތަށް ޚިދުމަތްކޮށްދެއްވުގެ އާއްމު ޚިދުމަތުގެ އިނާމު ނައިފަރުގެ 27 ފަރާތަކުން ޙާސިލްކުރައްވާފައި ވާކަންކަމުގައި ޒަޢީމް ވިދާޅުވިއެވެ.
ޒަޢީމް ވިދާޅުވީ އަޅުގަނޑުމެން ވަރަށް ވިސްނަންޖެހޭ ވަރަށްބޮޑު މައްސަލަތަކަކާ އެބަ ކުރިމަތިވޭކަމުގައެވެ. ރާއްޖެ މިހާރު މިހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން އަޅުގަނޑުމެންގެ ތެރޭގައި ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އެބަ އުފެދޭކަމަށާއި އެހެން ދިމާވާ ސަބަބަކީ އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ ކުރިއެރުމުގެ ސޯބު ފަހަތަށް އަނބުރަން ބޭނުންވެފައިވާ ބައެއްކަމަށް ވުން ކަމުގައި ވިދާޅުވިއެވެ. މިހާރު އަޅުގަނޑުމެން މިތިބީ އެކާވީސްވަނަ ގަރުނުގައި ކަމަށާއި އެކަމަކު އެފަދަ މީހުން ބޭނުންވަނީ އަޅުގަނޑުމެން އެތައް ސަތޭކަ އަހަރުތަކެއް ފަހަތަށް ޖައްސަން ކަމުގައި ވިދާޅުވިއެވެ.
ވޭތުވެދިޔަ ތާނގައި ހޯދާފައިވާ ސިޔާސީ ކާމިޔާބީތަކުގެ މައްޗަށް އަލި އަޅުއްވައި ލައްވަމުން ޒަޢީމް ވިދާޅުވީ މިހާރު ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އުފެދިފައިވާކަމަށާއި އިންސާނީ ޙައްގުތައް ޙިމާޔަތް ކުރެވޭކަމަށާއި އަދި މިޑިއާގެ މިނިވަންކަން ލިބިފައިވާކަމަށާއި އަދި މީގެއިތުރުން ރައްޔިތުންގެ އަސާސީ ޙައްގުތައް ފުޅާކުރުންފަދަ ބޮޑަތި ކާމިޔާބީތަކެއް ހޯދިފައިވާކަމުގައެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑު ހިތާމަޔަކީ މިފަދަ ކުރިއެރުންތަކެއް ރާއްޖެއަށް ލިބިފައިވާއިރުވެސް އެކުރިއެރުންތަކަށް ހުރަސްއެޅުމަށް މަސައްކަތްކުރާ ބައެއް ފަރާތްތަކުން މިފަދަ ކުރިއެރުންތަކަށްވެސް ހުރަސް އަޅާ އެކަންތައްތައް ނައްތާލުމަށް އެބަ މަސައްކަތް ކުރަމުންދާކަމުގައެވެ.
މީގެ އަނެެއްކޮޅުގައި މިކަހަލަ އެހެން ބަޔަކުވެސް އެބައުޅޭކަމަށް ވިދާޅުވަމުން ޒަޢީމް ވިދާޅުވީ އެމީހުން މަސައްކަތް ކުރަމުންދަނީ ރާއްޖެއަށް މިއަންނަ ކުރިއެރުމާއި އިސްލާޙާއި ތަރައްގީގެ ބޭނުން ނުބައިގޮތުގައި ހިފަންކަމުގައި ވިދާޅުވިއެވެ. ރާއްޖޭގެ އިސްލާމީ އުސޫލުތަކާއި އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާއި ހަމައަށް ވާރުތަކޮށްދެއްވާފައިވާ ރީތި އާދަކާދަތައް މުޅިން އުވާލައި ބޭރުގެ އެހެން ދީންތަކުގެ ނުފޫޒުތައް ރާއްޖެއަށް ގެންނަންކަމުގައި ވިދާޅުވިއެވެ. މިއީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި ވަރަށް ބޮޑަށް ވިސްނަންޖެހޭކަމެއް ކަމުގައި ޒަޢީމް ވިދާޅުވިއެވެ.
އަޅުގަނޑުމެންގެ ރާއްޖެއަކީ ފެށުނީއްސުރެންވެސް ސައްތައިން ސައްތަ އިސްލާމީ ޤައުމެއް ކަމަށާއި އަދި އަޅުގަނޑުމެން ބޭނުންވަނީވެސް އިސްލާމްދީން މަތީ ފައިތިލަ ސާބިތުކޮށްގެން ސާބިތުކަންމަތީ ތިބުމަށްކަމަށާއި އިސްލާމްދީނަށާއި އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތަކަށް ބުރޫއަރުވާ ބަޔަކު ޤައުމުގެ ވެރިކަމަށް ގެންނަން އަޅުގަނޑުމެން ބޭނުން ނުވާކަމުގައި ޒަޢީމް ވިދާޅުވިއެވެ.
“ މީގެ އަނެއްކޮޅުގައި ތިބީ ހަމަ އެކަހަލަ އަނެއް ބައެއް. އެބައިމީހުން ބޭނުންވަނީ ރާއްޖެއަށް މިއަންނަ ކުރިއެރުމާއި ތަރައްގީތަކާއި އިސްލާޙްގެ ބޭނުން ނުބައިގޮތުގައި ހިފަން. ރާއްޖޭގެ އިސްލާމީ އުސޫލުތަކާއި އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނަށް ވާރުތަކޮށްދީފައިވާ ރީތި އާދަކާދަތައް މުޅިން އުވާލައި ބޭރުގެ އެހެން ދީންތަކުގެ ނުފޫޒުތައް ރާއްޖެއަށް ގެންނަން. މީވެސް ވަރަށް ނުރައްކާތެރިކަމެއް. އެހެންވީމާ އަޅުގަނޑުމެން އެބަޖެހޭ ވަރަށް ރަނގަޅަށް ވިސްނަން. އަޅުގަނޑުމެން ބޭނުންވަނީ އެތައް ސަތޭކަ އަހަރެއް ފަހަތަށް ދާންތޯ. ނުވަތަ އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ އިސްލާމީ އުސޫލުތައް އުވާލައި އެހެން ގޮތަކަށް ބަދަލުވާންތޯ. އެއިން އެއްވެސް ގޮތެއް އަޅުގަނޑުމެން ބޭނުމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ އަހުލުވެރިންގެ ގޮތުގައި ސާބިތުކަމާއެކީ ތިބެން. އަދި އަޅުގަނޑުމެންގެ ރާއްޖެ ހަލުވިކަމާއެކު ތަރައްގީގެ މަގުގައި އިސްލާޙީ ކުރިއެރުންތަކެއް ހޯދަން. އެހެންވީމާ އަޅުގަނޑުމެން އެބަ ހޯދަންޖެހޭ މިހާރު ރަނގަޅަށް ވިސްނާފައި ކޮންބައެއްތޯ ވެރިކަމަށް ގެންނާނީ ރަނގަޅަށް އިޚްތިޔާރުކުރަން. އަޅުގަނޑުމެން ބޭނުމެއް ނުވޭ ރާއްޖެ ފަހަތަށް ގެންދާނޭ ބަޔަކު ވެރިކަމަށް ގެންނާކަށް. އަޅުގަނޑުމެން ބޭނުމެއްނޫން އަޅުގަނޑުމެންގެ އިސްލާމީ އުސޫލުތަކާއި އަޅުގަނޑުމެންގެ ކާބަފައިންގެ އާދަކާދަތައް އުވާލާ ބަޔަކު ވެރިކަމަށް ގެންނާކަށް. އަޅުގަނޑުމެން ބޭނުންވަނީ ރާއްޖެ މިހާރު މިއޮތް ގޮތުގައި ސާބިތުކަމާއެކީ އިތުރު އުސްމިންތަކަކަށް ގެންދާނެ ބައެއް. އެބަޔަކު ތިޔަބޭފުޅުން އިޚްތިޔާރު ކުރައްވާ” ޒަޢީމް ވިދާޅުވިއެވެ.

ސިޔާސީ ބައެއް ކެންޑިޑޭޓުން މައުމޫނަށް ބަހުސަށް ދަޢުވަތުދީ އެވާހަކަ ތަކުރާރުކުރަމުން ގެންދަނީ މައުމޫނާ އެއްސްޓޭޖަށް ކުޑައިރުކޮޅަކަށްނަމަވެސް އަރާހިތުން

ޓީ.ވީ. މޯލްޑިވްސިން ކުރި ސުވާލަކަށް ޖަވާބު ދެމުން ސިޔާސީ ބައެއް ކެންޑިޑޭޓުން މައުމޫނަށް ބަހުސަށް ދަޢުވަތުދީ އެވާހަކަ ތަކުރާރުކުރަމުން ގެންދަނީ މައުމޫނާ އެއްސްޓޭޖަށް ކުޑައިރުކޮޅަކަށްނަމަވެސް އަރާހިތުން ކަމަށާއި މިކަމުގެ މަޤްޞަދަކީ ވަގުތީ ގޮތުންނަމަވެސް އެބައިމީހުންގެ ކެމްޕެއިންނުގެ ހައިބަތާ ކެންޑިޑޭޓުގެ ޤަދަރު އުފުލުން ކަމުގައި މައުމޫން 2008 ގެ މީޑިއާއޮފީހުން ބުނެފި.

ބަޔަކު ބަހުސަކަށް ގޮވާލާ ކޮންމެފަހަރަކު، މައުމޫނު ފަދަ ދިވެހިންގެ ތެރޭގައި ޤަދަރާއި ހައިބަތު ލިބިވަޑައިގަންނަވާފައިވާ ފަރާތެއް، އެފަދަ ކޮންމެ ގޮވާލުމަށް ކަންބޮޑުވެގެން އުޅުއްވަން ޖެހިވަޑައިނުގަންނަވާ ކަމުގައިވެސް މީޑިއާއޮފީހުން މިއަދު ބުނެފައިވެއެވެ.

އެހެން ރޭޑިއޯ އާއި ޓީވީ ސްޓޭޝަންތަކުން ވެސް ދަޢުވަތު ލިބޭ ކަމަށާއި މިހާރުވެސް ދިއެފް އެމް ގެ ‘ރިޔާސީ ރޭސް’ މި ޕްރޮގްރާމަށް އިންޓަރވިޔުއެއް ދެއްވާފައިވާ ކަމަށާއި، ނަމަވެސް، މިކަމުގައި މިއުޅޭ އެހެން ކެންޑިޑޭޓުން މުޅި ދުވަސް މިކަމަށް ހުސްކުރެއްވިކަމުގައި ވިޔަސް، މިކެމްޕެއިނުގެ ކެންޑިޑޭޓުގެ ވަގުތު އެހާ ތަނަވަސް ނޫންކަމަށާއި، ވަގުތާއި ޖާގަ ތަންދިން މިންވަރަކުން މީޑިއާގެ އެހެން އިދާރާތަކުން ދެމުން ގެންދާ ދަޢުވަތުތައް ޤަބޫލުކުރުމާމެދުވެސް ވިސްނާނެކަމުގައި މީޑިއާ އޮފީހުން ބުނެފައިވެއެވެ.

Maldives president seeks help for 'paradise drowning'

Maldives President Maumoon Abdul Gayoom made an impassioned plea Tuesday for a cut in global greenhouse gas emissions, warning that rising sea levels could submerge his paradise island chain.

He launched a book at the UN-backed Business for the Environment conference to highlight the threat to his South Asian tropical island chain favoured by tourists for its white sandy beaches, clear waters and swaying palm trees.

"My people are blessed with one of the most beautiful settings that nature has to offer... To many people across the world, our shores have indeed become an earthly paradise. This paradise, though, is endangered," he said.

"Each year, the seas that make up 99 percent of the Maldives are rising, and, slowly but surely, engulfing our 1,192 low-lying islands and posing serious risks to the lives and livelihoods of the people."

He said he chose the title "Paradise Drowning" for his book because "it evokes an image fraught with great danger" and "most clearly encapsulates the threat of climate change and sea-level rise to my people."

Speaking to reporters later, Gayoom said the country can only adapt to the problem by relocating citizens to safer islands. Building protective walls on 193 inhabited islands would cost about six billion US dollars, which the government finds too expensive, he said.

Gayoom said the real culprit for rising sea levels is global warming and the solution lies in countries cutting the carbon dioxide emissions which have been blamed for the phenomenon.

He said it was ironic that although the Maldives accounts for only 0.01 percent of global greenhouse gas emissions, the country could be "possibly the biggest victim of global warming."

At the rate at which sea levels are rising, the islands would be rendered "uninhabitable in the not-too-distant future," he said.

Achim Steiner, executive director of the UN Environment Programme (UNEP), said the problem outlined by Gayoom mirrors the fate of other low-lying territories worldwide.

"The challenge they are facing is one of continued existence," Steiner told AFP on the sidelines of the conference.

"In the Maldives, it is possibly losing many of its islands and even one day... losing a whole nation," Steiner said, adding that many other coastal areas are in the same predicament.

"Many of the Asian coastal zones, Africa's coastal zones, are highly vulnerable to sea-level rise," he warned.

Steiner also criticised those who argue the threat is being exaggerated.

"If you want to know what the consequences are, take a look at what the tsunami did in a few seconds and you get an idea of what destruction will arise from sea-level rise," he said, referring to the 2004 Indian Ocean tsunami.

The tsunami killed 220,000 people in countries around the region and damaged 10 percent of the Maldives' inhabited islands.

But Gayoom said there was still hope as governments are negotiating a global treaty that will succeed the Kyoto Protocol on climate change aimed at committing countries to cut greenhouse gas emissions.

"Ultimately, what it (the book) signals is hope -- hope that humankind will find consensus and a clear will to act. I am confident that we, the peoples of the world, will not allow this paradise to drown," he said.

More than 500 business executives, government officials, environmentalists and others from 30 countries have gathered for the two-day conference.

It is organised by the United Nations Environment Programme and the UN's Global Compact, an initiative which brings companies together with UN and other agencies to support environmental and social principles.

Source: http://afp.google.com/article

President Gayoom: With millions under threat, inaction is unethical


President Maumoon Abdul Gayoom, in an opinion piece to the editorial of the International Herald Tribune, has said that with millions under threat, inaction is unethical. President Gayoom’s opinion piece was published on the 9 September issue of IHT.

In the opinion piece, President Gayoom noted the significance of the Oxfam International’s groundbreaking report on “Climate Wrongs and Human Rights” which demonstrated how climate change was violating the rights and freedoms of millions of people, especially in vulnerable countries like the Maldives. The President also expressed his hope that this report “would help to move the world from this tragic status quo to quick action in order to achieve a better future based upon international and intergenerational solidarity and climate justice.”

Further, President Gayoom also highlighted the unethical trade-off between human lives and economic growth being made by rich industrialised countries.